Saturday, October 31
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަނީ

މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ތަސްވީރުގެ / ސ.ހިތަދޫ, ޢާދިލް ޙަމީދު (47އ) އެވެ.

ފުލުހުން ވަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައިފައެވެ.

މައްސަލައިގެ ތަހުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް އޭނާ ހާޒިރުވާން ޖެހޭނީ 2025 މެއި 06 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށެވެ.

މި ފަހަކަށް އައިސް މަކަރާއި ހީލަތުގެ މައްސަލަތައް ގިނަވަމުންދާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު