Saturday, October 31
ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 8:56 ހާއިރު އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މ. ސްޓާރ، މުޙައްމަދު ރަޒީން (49 އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު