މިދިޔަ ހޮނިހިރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. މި ޚަބަރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޢަލީ ޝުޖާއު އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ އިސްތިއުފާ އައިސްފައިވަނީ، މާލޭގައި ފުރާޅެއްގެ މައްޗަށް އަންހެންކުއްޖަކު ވެއްޓިފައިވާ މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދާ ގޮތާމެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ޝުޖާއު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ، 25 ޑިސެމްބަރު 2023 ގައެވެ. އެހެންކަމުން، އޭނާ ވަނީ އެންމެ 3 މަސްދުވަހު އެ މަޤާމުގައި ހުންނަވާފައެވެ.
ޢަލީ ޝުޖާއުގެ ކެރިއަރަށް ބަލާއިރު، ފުލުހުންގެ ވަޒީފާއާ ގުޅިވަޑައިގަތުމުގެ ކުރިން އުޅުއްވީ ތައުލީމީ ދާއިރާގައެވެ. އޭނާ ވަނީ ޓީޗަރެއްގެ ވަޒީފާގެ އިތުރުން އެސިސްޓެންޓް ޕްރިންސިޕަލްކަމާއި ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފައެވެ.
މި ލިޔުން ކިޔާލުމުން