Saturday, October 31
ރައުދުއާ އާއިލީ ގުޅުން އޮންނާތީ ކޮމިޝަނުން ހަބީބު އިސްތިއުފާ ދެއްވައިފި

ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލަ ބެއްލެވުމަށް ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރު، ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ހަބީބު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް (21) އާ އާއިލީ ގުޅުން އޮންނާތީ ކަމަށް ބުނެ ހަބީބު އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަން އުފެއްދިތާ ދެ ދުވަސް ވެސް ނުވަނީސް އެވެ. .

ޔުމްނު (21) ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުންގެ އެތައް ކަންބޮޑުވުމެއް އުފެދިފައި ވަނިކޮށް، މި މައްސަލައިގެ ފުނަށް ދިޔުމަށް މިކަމަށް ހާއްސަ ކޮމިޝަނެއް ރައީސް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނެރުއްވި ގަރާރަކުންނެވެ. ހަބީބުއާ އެކު އެ ކޮމިޝަނަށް ޖުމްލަ ތިން މެންބަރުން ރައީސް އައްޔަންކުރައްވާފައިވެ އެވެ.

ފުލުހުންގެ ތަހުގީގުގެ ލިޔުންތަކުން ދައްކާ ގޮތުގައި، ހާދިސާ ހިނގި ރޭ، ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. އަދި ޔުމްނު ވެއްޓުމަށް ފަހު، އޭގެ މާ ގިނައިރެއް ނުވަނީސް، އޭނާ ކޮބައިތޯ އެހުމުން، ވީ ތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު