މެލޭޝިޔާއާއެކު ބޭއްވި މަޝްވަރާތަކުން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރަން ފުރުޞަތުތައް ހުޅުވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމާއި ރާއްޖެއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުންތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް ދެއްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 57 އަހަރު ވެފައިވާއިރު، ދެ ގައުމަކީ އަބަދުވެސް ގާތް އެކުވެރި ދެ ގައުމު ކަމަށެވެ. މިދިޔަ ދުވަސްތަކުގައި މެލޭޝިއާ ވެފައި ވަނީ ދިވެހިން އެންމެ ގިނައިން މަތީ ތައުލީމު ހޯދުމަށް ދާ ގައުމު ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
Saya dan Presiden Muizzu kemudiannya mengetuai delegasi masing-masing dalam Mesyuarat Dua Hala Malaysia dan Maldives.
Alhamdulillah, kami dapat menilai kerjasama antara kedua - dua negara dalam beberapa sektor meliputi perdagangan dan pelaburan, pengajian tinggi, pelancongan dan… pic.twitter.com/Qh3eoyJ3rc
— Anwar Ibrahim (@anwaribrahim) April 28, 2025
ރައީސް ވިދާޅުވި ގޮތުގައި އޭގެ މައިގަނޑު އެއް ސަބަބަކީ ދިވެހިންނަށް ހާއްސަކޮށް މެލޭޝިއާގެ ސަރުކާރުން ވިސާގެ ކަންކަން ފަސޭހަކޮށްދީފައި އޮތުމެވެ. އެކަމަށްޓަކައި މެލޭޝިއާގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މެލޭޝިއާ އިން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން ވެދޭ އެހީތެރިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ދަ މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން ތަމްރީން ކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ. އެ ގައުމުން ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދޭ ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ޝުކުރާ އެކު ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
ރައީސްގެ މިި ދަތުރުފުޅުގައި މިއަދު ވަނީ ދެ ގައުމުގެ ދެމެދު ކުޅިވަރު، ސިއްހީ، ޓޫރިޒަމް އަދި ފައިނޭޝަނަލް ސާވިސެސްގެ ދާއިރާއިން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ.
މި ލިޔުން ކިޔާލުމުން