ޕާޓީ ޑްރަގް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި، އެނޫންވެސް މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވަނީ ރައްކާތެރި އެއްޗެހީގެ ގޮތުގައި ނަމަވެސް މި ތަކެއްޗަކީ ފުރާނަ އަށް ނުރައްކާވާ ތަކެތި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެނޫންވެސް ޒާތްޒާތުގެ މަސުތުވާ މާއްދާތައް ބޭނުން ނުކުރުމަށް އެންޑީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާރޗް 25 ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ "އައުޓް ރީޗް" ޕްރޮގްރާމުން، ކަންބޮޑުވާ މިންވަރަކަށް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި، ދުންފަތުގެ އިސްތިރުމާލުކުރުމާއި ޕާޓީކުރުމުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ އެ ބަޔާނުގައިވެއެވެ.
މި މައްސަލަ ހައްލުކުރުމަށް މުޖްތަމައުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެނިއްޖެނަމަ އެ އެޖެންސީގެ އިމަޖެންސީ ނަމްބަރު 911އަށް ނުވަތަ އެ އެޖެންސީގެ ހޮޓްލައިން 1410 ނަމްބަރަށް ގުޅައި ރިޕޯޓުކުރުމަށް ވަނީ އެ އެޖެންސީ ވަނީ އެދިފައެވެ.






