Saturday, October 31
ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ތިން މެންބަރަކު އިސްތިއުފާ ދީފި

"ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" އިން ތިން މެންބަރަކު އިސްތިއުފާ ދީފިއެވެ. މިގޮތުން އިސްތިއުފާ ދީފައިވަނީ އާމިނަތު ރަބާބު އިބްރާހީމާއި، ނިމާލު ހަމީދު އަދި ހުވައިނާ މުޙައްމަދު ނިހާދެވެ.

އިސްތިއުފާ ދިން މެންބަރުން ވަނީ އެކަން މީސްމީޑިއާ މެދުވެރިކޮށް ހާމަކޮށްފައެވެ.

ތިން މެންބަރަކު އިސްތިއުފާދީފައިވާއިރު، އެ ކޮމިޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު ޛިލާލް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޓީން ވަކިކޮށްފައެވެ.

މިގޮތުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީން އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.

ދާއޫދު އެ މަޤާމުން ވަކިކުރެއްވިއިރު، އޭނާ ވަކި ނުކޮށްފިނަމަ، ބޯޑު މެންބަރު ކަމުންނާއި ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ނައިބު ރައީސް ނަޒާހާ ނަޒީމްވެސް ވަނީ ވިދާޅުވެފައެވެ.

ހެންވޭރު ގެއެއްގެ އިމާރާތަކުން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ދާއޫދުގެ ކޮއްކޮ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ދާއޫދު މަސްތުވާތަކެއްޗާއެކު ޕާޓީ ކުރި ކަމަށް ބުނާ ވާހަކަތަކެއްވެސް މީސްމީޑިއާގައި ވަނީ ފެންމަތިވެފައެވެ. އަދި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުއްޓިގެން ހުންނަ ފޮޓޯއަކާއި، ބަދުއަޚްލާޤީ ޢަމަލުތަކެއް ކުރާއިރު ދާއޫދު ކައިރީގައި ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްވެސް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށް ފުރުން މަނާކޮށްފައިވާއިރު، ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރަން އަމުރުވެސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު