Saturday, October 31
ހޯމަ ދުވަހުގެ ނިޔަލަށް އަށް ލައްކަ އާއި ކައިރި ކުރާ އަދަދަށް ޓޫރިސްޓުން ޒިޔާރަތްކޮށްފި
މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 788،650 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެނަވަޔަރަމަންޓް ގެ ތަފާސްހިސާބުތައް ދައްކާގޮތުން ޔޫރަޕުގެ ބޮޑެތި މާކެޓްތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތުން ރަނގަޅުކަމަށް ފާހަގަކުރެވެއެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް މާކެޓުގެ ތެރެއިން ހަތަރު މާކެޓަކީ ޔޫރަޕުގެ ގައުމުތަކެވެ.
2025 އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު
  • ޗައިނާ 85،469 ޓޫރިސްޓުން
  • އިނގިރޭސިވިލާތް 84،723 ޓޫރިސްޓުން
  • ރަޝިޔާ 80،668 ޓޫރިސްޓުން
  • އިޓަލީވިލާތް 72،000 ޓޫރިސްޓުން
  • ޖަރުމަނުވިލާތް 61،478 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ 2.3 މިލިއަން ޓޫރިސްޓު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ފުރަތަމަ ފަހަރަށް ރާއްޖެ އައީ މިދިޔަ އަހަރެވެ. ރާއްޖޭގައި 1972 ވަނަ އަހަރު ޓޫރިޒަމް ފެށުނު ފަހުން މިހާތަނަށް 30 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު