Thursday, October 22
ގއ. އަތޮޅަށް އަމާޒުކޮށް ކެންސަރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

ގއ. އަތޮޅަށް އަމާޒުކޮށް ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ގއ.އަތޮޅު ހޮސްޕިޓަލާއި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް އަންނަ މެއި މަހުގެ 7 އިން 14 އަށް އެއަތޮޅުގައި ކުރިއަށްދާނެއެވެ.

އެގޮތުން މެއި 08 ވަނަ ދުވަހު ގއ.ވިލިނގިލީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގއ.އަތޮޅު ހޮސްޕިޓަލުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، 09 ވަނަ ދުވަހު ގއ.މާމެންދޫ އަދި ގއ.ކޮލަމާށިފުށީގެ ރައްޔިތުންނަށް އަމާޒުކޮށް ގއ.އަތޮޅު ހޮސްޕިޓަލުގައި މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.

މީގެއިތުރުން މެއި 10 ވަނަ ދުވަހު ގއ.ދާންދޫ، ގއ.ނިލަންދޫ އަދި ގއ.ދެއްވަދޫ ރައްޔިތުންނަށް އަމާޒުކޮށް ދާންދޫ ސިއްހީ މަރުކަޒުގައި މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.

ކެންސަރަށް ސްކްރީން ކުރެވޭ މިޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ބޮޑު ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރަށް ސްކްރީން ކުރުން ހިމެނެއެވެ.

މި ސްކްރީނިންގ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމާއި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ހޮސްޕިޓަލް/ ހެލްތް ސެންޓަރަށް ގުޅުއްވާގެން ނަންނޯޓްކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު