Saturday, October 31
ބީއެމްއެލް އިން ސްވިމިންގ އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އައުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އިތުރު 3 އަހަރަށް އައުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމާއެކު ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އިން ރާއްޖޭގެ ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް 3 އަހަރު ދުވަހު ގައުމީ ސްވިމް ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އޮންނަ ޕާޓްނަރޝިޕް އައުކުރެވިގެން ދިއުމަކީ ބޭންކަށް ލިބޭ ފަޚުރެއް ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ފެތުމުގެ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

" އަޅުގަނޑުމެންގެ އެތްލީޓުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް އެހީތެރިވުމަށް އަޅުގަނޑުމެން ދެމިތިބޭނަން"، ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ ބީއެމްއެލްއާއެކު އެ އެސޯސިއޭޝަންގެ ޕާޓްނަރޝިޕް އައުކުރެވުނުކަމީ ލިބުނު ވަރަށް ބޮޑު އުފަލަކާ ހިތްހަމަޖެހުމެއް ކަމަށެވެ.

އަދި މިޕާޓްނަރޝިޕުގެ ސަބަބުން ދިވެހި ފެތުންތެރިންނަށާ ފެތުމުގެ ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއަރުވައި، ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެއަށް ރީތިނަމާ ޝަރަފު ހޯދަން ކުރަމުންދާ މަސައްކަތަށް ބޭންކާއެކު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ބީއެމްއެލް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިންގް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު