Saturday, October 31
ޑރ. ޞަލާޙް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ބައްދަލު ކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމްއާއި ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޑރ. ޢަބްދުލް ސައްތާރު ޢަބްދުލް ރަޙްމާނުގެ އިތުރުން އެ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެލައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު