Saturday, October 31
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާ ވެންޓިލޭޓަރުން ނަގައިފި

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ ހާލު ކުޑަކުކޮށް ރަނގަޅުވުމުން ވެންޓިލޭޓަރުން ނަގައިފިއެވެ. ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ގައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންދާއިރު، މި ހާދިސާ ހިނގައިދިޔަ ގޮތާ ގުޅޭގޮތުން މީސްމީޑިއާގައި ދަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު