Saturday, October 31
ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 އިފްތިތާޙްކޮށްފި

މޯލްޑިވިސް ޕޮލިޓެކްނިކުން އެ އިދާރާގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 އިފްތިތާޙްކޮށްފިއެވެ.

"އަ ބްލޫ ޕްރިންޓް ފޮރ އެކްސެލެންސް"ގެ ނަމުގައި މި ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮއްދެއްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރެވެ.

މި ސްޓްރެޓެޖިކް ޕްލޭން އަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާކުރުމަށް އަމާޒުކޮށް ކުރިއަށްއޮތް 4 އަހަރުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ވަޒީފާ އަދާ ކުރާ ޒުވާނުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުކޮށް، ހަރުދަނާ ވަޒީފާގެ މާހަޢުލެއް ބިނާކުރުމަށް ޕޮލިޓެކްނިކްގެ ފަރާތުން ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.

ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭނިންގ ކޮމިޓީ (އެސްޕީސީ)ގެ ދަށުން އެ އިދާރާގެ އެތަށް މުވައްޒަފުންނެއް ވަނީ ޕޮލިޓެކްނިކްގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ދާއިރާގެ ތަޖުރިބާކާރު އިސްބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ސްޓްރެޓެޖިކް ޕްލޭން ބަލާ ފާސްކޮށްފައެވެ.

މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ، ޛޫޝާން ކަމާލުއްދީން ވިދާޅުވީ، އެކަމަނާގެ އަމާޒަކީ މި ސްޓްރެޓެޖިކް ޕްލޭން މެދުވެރިކޮށް ފެންވަރު ރަނގަޅު ތަމްރީނުތަށް ފޯރުކޮށްދިނުމާއި ގްރެޖުއޭޓްވާ ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގައި ޕޮލިޓެކްނިކުން ޙިއްސާވުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު