Saturday, October 31
ހިޔާވެހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގެ އުސޫލަށް ބަދަލެއް ގެނެސްފި

ހިޔާވެހި ފައިނޭންސް ސްކީމަށް ހުށަހެޅުމުގައި ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް، އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާ ކުރެހުން ބަލައިގަނެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މި ބަދަލު ގެނެސްފައިވަނީ މާލޭގެ ގިނަ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލުން ކުރެހުން ފާސްކުރުމަށް ގިނަ ވަގުތު ހޭދަވާތީއެވެ. ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ތިން ކެޓަގަރީއެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ހުރިހާ ރަށަކަށް އެއް މިލިއަން ރުފިޔާގެ ލޯނު ސްކީމަކާއި، މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާ، އަދި އާބަން ސަރަހައްދުތަކަށް ތިން މިލިއަން ރުފިޔާގެ ލޯނު ހިމެނެއެވެ.

މި ސްކީމްގެ ދަށުން މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރެވޭނެއެވެ. އަދި މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އާބަން ސެންޓަރުތަކާއި މާލެއަށް ހާއްސަކޮށްފައިވާ ލޯނުތައް ދޫކުރާނީ ބީއެމްއެލް އަދި އިސްލާމިކް ބޭންކުންނެވެ. އަދި އަތޮޅުތެރޭގެ އެހެން ރަށްތަކަށް ލޯނު ދޫކުރާނީ އެޗްޑީއެފްސީންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު