Saturday, October 31
ފުވައްމުލަކު ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ފުވައްމުލަކު ސިޓީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލަ މިއަދު 12:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިގޮތުން ނިޔާވެފައިވަނީ ރ. އަލިފުށި، އަބަދަށްހިޔާގެ، ޢަބްދުﷲ ރިޝްދާން (27 އ) އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓައި ޚަބަރު ހުސްވެގެން ވެއްޓިގެންކަން އެނފިފައިވާ ކަމަށެވެ. އަދި އެމީހާގެ މޫނު މައްޗަށް އަނިޔާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު