Saturday, October 31
މަންތާ އެއަރ އިން ލެވަލް 2ގެ އޭވިއޭޝަން ސެކިއުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކޮށްފި
ޕްރިވެޓް ސެކްޓަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކުރި ފުރަތަމަ ފަރާތަކަށް މަންތާގެ އެއަރގެ ހެޑް އޮފް ކެބިން ކްރޫ ޓްރެއިނިންގ، އިބްރާހީމް ސަޢީދު ވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ މަންތާ އެއަރ އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުން އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީގައިވާ މިންގަނޑަށް ތަމްރީން ކުރެވިފައިވާ ފަރާތްތަކަށްވާން ޖެހެއެވެ. އަދި މި މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދޭ މުދައްރިބުންނަކީ ޑާސާ އިން ހުއްދަ ދެވިފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު