Saturday, October 31
ބީއެމްއެލް އިން 270 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ 270 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމުގެ މަޤުޞަދުގައި ވީލްޗެއަރ ހަދިޔާކުރުމުގެ ޕުރޮގުރާމު ބީއެމްއެލް އިން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ 20 ރަށެއްގައި އިތުރު 30 ވީލްޗެއަރ ހަދިޔާކޮށްފައެވެ. މިއާއެކު މިހާތަނަށް އެ ބޭންކުން ވަނީ ޖުމުލަ 270 ވީލްޗެއަރ ހަދިޔާކޮށްފައެވެ. ބޭންކުން އަންނަނީ އެކި ޕުރޮގުރާމުތައް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވަމުންނެވެ. މިގޮތުން ބީއެމްއެލް އިން މީގެ ކުރިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާ ޖަމުޢިއްޔާތަކަށްވެސް މާލީ އެހީ ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު