ރައްޔިތުންނަށް ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑް މިއަދު ގެނެސްދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއީ ރައްޔިތުންނަށް ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓެއް ކަމަށެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު pic.twitter.com/4qtklB5ZQ6
— The President's Office (@presidencymv) April 17, 2025
މި ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑް މިއަދު މެންދުރުފަހު 1:00 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާގެ މަންސަތަކުން ގެނެސްދޭނެއެވެ.
މި ޕޮޑްކާސްޓް ހޯސްޓުކުރައްވާނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި ކުރީގެ ޓީވީ ޝޯތަކުން ފެނިގެންގޮސްފައިވާ ގިނަބައެއްގެ މެދުގައި މަގުބޫލު ޕްރެޒެންޓަރު އަހުމަދު ޝަކީބެވެ.
މި ލިޔުން ކިޔާލުމުން