Saturday, October 31
ށ. އަތޮޅުގައި އައިޑީކާޑް ދޫކުރަން ފަށައިފި
އައިޑީ ކާޑް ގެ ޚިދުމަތް ށ އަތޮޅުގައި ފަށައިފިއެވެ. މި ޚީދުމަތް ރަސްމީކޮށް ދިނުމަށް ށ.އަތޮޅު ކައުންސިލުގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއާއެކު މިހާރު ރާއްޖޭގެ 17 ރަށަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ޑީއެންއާރުން ވިދާޅުވެއެވެ. އަދި އަންނަ ހަފްތާ ތެރޭގައި ށ.މިލަންދޫގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑީއެންއާރުން މައުލޫމާތުދެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު