Saturday, October 24
މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން މަޝްވަރާކޮށްފި
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އަށް ޒަމާނީ ތަރައްޤީ ގެނައުމަސް ޖާޕާނުން ވެދެއްފާއިވާ އެހީތެރިކަން ފާހަގަކޮށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ދިނުމާއި ގުޅޭގޮތުން މަޝަވަރާކޮށްފިއެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ގެ އަރިހަށް ޖަޕާނުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މސ. އިޝިގާމީ ރޫމިކޯ ވަނީ އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޖަޕާނުން އަބަދުވެސް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މަސްވެރިކަމުގެ ތަރައްގީއަށް ހުރިހާ ދާއިރާއަކުން ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދެއްވުމުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް ޗައިނާ އިން ވަނީ އެހީތެރިކަން ދިނުމަށް ނިންމާފައެވެ. ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނެޓިވް ޕްރޮޑަކްޓްސް (ސީއެފްއެންއޭ) ގެ ޓީމުން މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުގައި ވަނީ އިކޮނޮމިކް މިނިސްޓަރ ، ފިޝަރިޒް މިނިސްޓަރ އަދި މިފްކޯގެ މެނޭޖްމަންޓް ޓީމާ ބައްދަލުކޮށް މަޝަވަރާކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ މިފްކޯގެ އޮޕަރޭޝަންތައް ހިނގާގޮތް ތަޢާރަފްކުރުމާއި، ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ. ޗައިނާގެ ޓީމުން ވަނީ މިފްކޯ މަސްފިހާރައަށް ގޮސް އެތަނުގައި ހުރި މަހުގެ އުފެއްދުންތައް ބަލާ އޭގެ މައުލޫމާތު އޮޅުންފިލުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު