Saturday, October 31
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާ ގުޅޭ ސާރވޭ އަށް ހިޔާލު ހޯދަނީ
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާރވޭ އަށް އާއްމުންގެ ހިޔާލަށް ހުޅުވައިފިއެވެ. މި ސަރވޭ އަށް އާއްމުންގެ ހިޔާލު ހޯދުމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީން ވަނީ އާއްމުންގެ ހިޔާލަށް ހުޅުވާލާފައެވެ. ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ. އެޗްޕީއޭ އިން އާއްމުންނަށް ހުޅުވާލާފައިވާ ސުވާލުގައި ހަތަރު ބަޔަކަށް ބަހާލާފައިވެއެވެ. އޭގެ ތެރޭގައި ދުންފަތާއި ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި ގުޅޭ ސުވާލާއި، ދުންފަތުން ލިބޭ ގެއްލުމާއި ގުޅުންހުރި ސުވާލުތަކަށް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުން ދުރުވުމަށް ދޭ ސެޒޭޝަން ފަރުވާގެ މައުލޫމާތުގެ ސުވާލުތައް ހިމެނެއެވެ. އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. މިގޮތުން މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު