Saturday, October 31
ބޭރު ޤައުމުތަކުގެ ލައިސަންސް އަށް ހުއްދަ ދޭއިރު ދުއްވަންޖެހޭ ގޮތަށް ބަދަލުގެނެސްފި

ބޭރު ގައުމެއްގެ ލައިސެންސް އޮންނަ ބިދޭސީންނަށް ރާއްޖޭގައި ވެހިކަލް ދުއްވުމަށް ހުއްދަދޭއިރު ޑްރައިވިންގ އިމްތިޙާނެއް ހަދަންޖެހޭގޮތަށް ބަދަލުގެނެސްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ ޤަވާއިދެއްގެ ދަށުން ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ހުއްދަ ދެމުންދިޔައީ ލުއި އުޞޫލެއްގެ ދަށުންކަމަށެވެ. އެ އުޞޫލުގެ ތެރެއިން މީގެ ކުރިން ލައިސެންސް ދޫކުރަމުން ދިޔައީ، ބިދޭސީ މީހާ އަތުގައި އޮންނަ އޭނާގެ ޤައުމުގެ ލައިސެންސްގެ މުއްދަތަށް ވުރެ ވެސް ދިގު މުއްދަތަކަށްކަން މިނިސްޓަރ މިއަދު ފާހަގަކުރެއްވިއެވެ.

" ބޭރު ޤައުމެއްގެ ލައިސަންސް ހިފައިގެން އަންނައިރަށް އެގައުމެއްގެ ، އެ ހުށަހަޅާ ލައިސަންސް އެއްގަ ވެލިޑިޓީ އަކީ ދެ މަސްދުވަސް އިނަސް އަޅުގަނޑުމެން އެ ލައިސަންސް އަށް ބަލާފަ އިމީޑިއެޓްލީ ވަގުތުން އިޝޫމިކޮށްދެނީ ދިހަ އަހަރުގެ ލައިސަންސް އެއް.ދިހަ އަހަރުގެ ހުއްދައެއް މިދެނީ އިނގޭތޯ" މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވިއެވެ.

އެއް ލައިސަންސްގަ ހުރި ހުރިހާ ލިމިޓޭޝަންތައް އަކީ ރަނަގަޅު އެއްޗެއްކަމަށް ކޮންފޯރމްކޮށްފަ ލިމިޓޭޝަންސް ތަކަށް އަޅާބަލާފަ ލައިސަންސް ދޫކޮށްދޭކަމަށްވަންޏާ އެހުރިހާ ލިމިޓޭޝަން، އޭގަ ހުންނަ ވެލިޑިޓީ ވެސް މުއްދަތުވެސް އަންނަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި: ފޮޓޯ- ރައީސް އޮފީސް

އެހެން އޮތުމުން ބޭރުމީހުންނަށް އެތައް ހާސް ގުނައެއް ފަސޭހަވޭ މިކަން ކުރަން ދިވެހިރައްޔިތުންނަށް ވުރެ ބޮޑަށް،ފަސޭހަވެފައި އޮންނަކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެން ކަމުން މިހާރު ގެނައި ބަދަލަކީ ފޮރިން ލައިސަންސް އެއް ބަދަލުކުރަން އެދޭނަމަ އޭގަ ހުންނަ ލިމިޓޭޝަން ކަނޑައެޅުމަށް ފަހު އެއް އަހަރުގެ މުއްދަތަށް ފޮރިން ލައިސަންސް ދޫކުރުމެވެ. އަދި މީގެ އިތުރުން މި ލައިސަންސް ދޭއިރު ރާއްޖޭގައި އޮންނަ ގޮތަށް ދުއްވަންޖެހޭ ގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މިގޮތަށް ނިންމީ މާލޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއް ކަމަށާއި ބޭރު ގައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ މާލޭގައި ދުއްވަން ގެންގުޅޭ އުކުޅުތައްވެސް ތަފާތުވުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑުމެން ލައިސެންސް ދޭނީ އެހެން ދިވެހިންނެކޭ އެއްގޮތަށް ޑްރައިވިން އެސެސްމަންޓް ހެދީމަ" މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު