Saturday, October 31
މެކޭނިކަލް ޕަރކިން ވަކި މުއްދަތަކަށް ދޫކުރުމުން ވެހިކަލް ރަޖިސްޓްރީކުރެވޭނެ: އަމީން

މިހާރު އޮތް ގަރާޖް ރަޖިސްޓްރޭޝަން އުސޫލުން މެކޭނިކަލް ޕަރކިން އަކީ ވަކި މުއްދަތަކަށް ދޫކޮށްފިއްޔާ ވެހިކަލް ރަޖިސްޓްރީ ކުރުމަށްވެސް ޖާގަ ހުޅުވިގެން ދާނެ އޮޕްޝަނެއް އެއް ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރ ވިދާޅުވީ މެކޭނިކަލް ޕާރކިން ތަކަށް ގެނެވޭނެ ހައްލަކީ ކޮބައިތޯ ބަލަން ވަރަށް ކުރިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ބެލީ އެޗްޑީސީ އާއި ވާހަކަ ދައްކައިގެން މިނިސްޓްރީގެ ދަށަށް ގެނެވޭތޯ ކަމަށާއި އެޗްޑީސީން އެކަން އެއްބާރުލުން ދިންކަމަށް ވިދާޅުވިއެވެ. އެޗްޑީސީން ފުރަތަމަ ދިން އޮޕްޝަނަކީ ހުރިހާ މެކޭނިކަލް ޕާރކިން އެއް ސަރަހައްދަކަށް ގެނެސް ރީ ލޮކޭޓް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށް އަގުތަކެއްވެސް ކަނޑައެޅިގެން ދިޔަކަމަށާއި އެހެން ނަމަވެސް އެ އެ ޓެސްޓްކުރިއިރު އަނެއްކާ އެ ނައްޓައިގެން އެހެން ތަނަކަށް ގެންދިއުމަކީ އެއީ އެންމެ ރަނގަޅު ޕްލޭނަކަށް ނުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޗްޑީސީ އާއި ވާހަކަ ދައްކައިގެން ބަލަނީ މިހާރު ހުރިތަނުގައި އެ ޚިދުމަތް ދިނުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

''އެކަމާއި ގުޅިގެން މިނިސްޓްރީ އާއި އެޗްޑީސީ އެކު މާދަމާ މަޝްވަރާކޮށްގެން ކޮންމެވެސް ނިންމުންތަކެއް ނިންމޭނެ ކަމަށް މި ބަލަނީ. އަވަސް ކުރެވޭނެ ގޮތެއް މި ހޯދަނީ. މާދަމާ ގެ ބައްދަލުވުމުން އެކަމަށް ހައްލެއް ލިބޭނެ ނިންމުމެއް ނިމޭނެ ކަމަށް މި ބަލަނީ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު