Saturday, October 31
މެދުރާއްޖެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް
މެދުރާއްޖެތެރޭގެ ތިން ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. އާރްޑީސީން މިއަދު ހާމަކޮށްފައިވާ ގޮތުން ނ. ހޮޅުދޫގައި މިހާރު ކުރެވެމުންދަނީ މުޙައްމަދު ރާޝިދު ހިނގުމުގައި ކާބްސްޓޯން ޖެހުމާއި، ޗާންދަނީ މަގުގައި ބެކް ފިލިންގެ މަސައްކަތެވެ. މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ ޅ. ހިންނަވަރުގައި މިހާރު ކުރެވެމުންދަނީ ރޯޑް 01 ގައި ސޯކް ޕިޓް ރަނގަޅުކުރުމާއި، ރޯޑް 09 ގައި ދުވާރުގެ މަސައްކަތް ކަމަށެވެ. އަދި އދ. މާމިގިލީގައި ކުރިއަށްދަނީ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި، އަމީނީމަގުގައި ކޭބަލް ޖަންކްޝަން ކާސްޓް ކުރުމުގެ މަސައްކަތް ކަމުގައި އެ ކޯޕަރޭޝަނުން ބުންޏެވެ. އާރްޑީސީން ދަނީ މެދުރާއްޖެތެރޭގެ ހަތް ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ނ. ހޮޅުދޫ އާއި، ނ. ވެލިދޫ އާއި، ޅ. ހިންނަވަރާއި، މ. މުލަކާއި، އއ. ތޮއްޑޫ އާއި އދ. މާމިގިލީގެ އިތުރުން ދ. ކުޑަހުވަދޫއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އަހައްމަދު - 2025-04-14T18:57:40

    ވާރޭވެހިއްޖިއްޔާ ބ. ކެންދޫ މަގުތަކުގަ ހިނގޭ ވަރެއްވެސް ނޫން. ފެންގަނޑު ހިނދެނީކީނޫން ޗަކައިން މުޅި މަގުތައް އޮންނަނީ ހަޑިވެފަ. ތަންކޮޅެއް އަވަހައް މަގުތައް ހަދާދީބަލަ. ޕްލީޒް