Saturday, October 31
ދ. އުއްދޫ އަށް ދަތުރު ދިއުމުގެ އިންތިޒާމް ކުރިއާލާ ހަމަޖެއްސުމަށް އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި އަހަރުތެރޭ ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވި، އެ އަތޮޅު އުއްދޫ މާދަމާ އާއްމުންނަށް ހުޅުވާލާ، ދަތުރު ދިއުމުގެ ކަންކަން ކުރިއާލާ އިންތިޒާމް ކުރުމަށް  މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އެދިއްޖެއެވެ.

ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވައިލާ އިރު، ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް ކައިރި ތާރީޚެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ޙަވާލުކުރެވި، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލާ، ދަތުރުދާ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ވަގުތު ވެސް އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު