Saturday, October 31
ޗައިނާ-އަރަބް ބިޒްނަސް ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެގާރަ ވަނަ ޗައިނާ-އަރަބް ބިޒްނަސް ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުސަތު  ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ޗައިނާ ކައުންސިލް ފޯރ ޕްރޮމޯޝަން އޮފް އިންޓަރނޭޝަނަލް ޓްރޭޑް (ސީ.ސީ.ޕީ.އައި.ޓީ) އިން އިންތިޒާމުކޮށްގެން މި މަހު 27 އިން 29 ބޭއްވުމަށް ހަމަޖެހިފައިވާ، 11 ވަނަ ޗައިނާ-އަރަބް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގެ މައުލޫމާތު ޗައިނާ ސަރުކާރުން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަަމަށެވެ.

ޗައިނާގެ ހައިނާން ޕްރޮވިންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި، ހަކަތަ، ޑިޖިޓަލް އިކޮނޮމީ އަދި އެހެނިހެން އީޖާދީ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރުމަށް ފަހު،  މިމަހުގެ 17 ވަނަދުވަހުގެ ކުރިން  މިނިސްޓްރީ އަށް އެންގުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު