Saturday, October 31
މައުރަޒުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ގުޅުންހުރި ވިޔަފާރިތަކަށް ފުރުޞަތު ހުޅުވައިފި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ތަމްސީލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.

މި މައުރަޒު ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ބިޒިނަސް ސެންޓަރ ކޯޕަރޭޝަނުންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ތަމްސީލުކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ:

ގަސްގަހާގެހި/ދަނޑުވެރިކަމުގެ ވިޔަފާރިއެއް ނަމަ

ޕެޓް ޝޮޕެއް ނުވަތަ ޖަނަވާރު ބެލެހެއްޓުމުގެ ޚިދުމަތްދޭ ތަނެއް ނަމަ

ދަނޑުވެރިކަމަށް އަމާޒުކޮށްފައިވާ އެންޖީއޯއެއް ނުވަތަ މަޝްރޫޢެއް ނަމަ

އެހެނިހެން ގުޅުންހުރި ވިޔަފާރިއެއް ނަމަ

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޭޕްރިލް މަހުގެ 17 ވާ ބުރާސްފަތި ގެ ކުރިން މިނިސްޓްރީ އަށް އެންގުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު