Saturday, October 31
ނަމާދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީން ހިންގަނީ

އައްޑޫ ސިޓީ މީދޫގައި  "ކޮންމެ ކުއްޖަކީ މިސްކިތުގެ އަހުލުވެރިއެއް" މި ނަމުގައި ނަމާދަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މިސްކިތްތަކުގެ ޖަމާޢަތް އިތުރުކުރުމާއި، އިސްލާމީ ރިވެތި އަޚްލާޤް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި މީދޫ އަވަށު އޮފީހާއި ޔޫސުފް ނާއިބް ފައުންޑޭޝަން ގުޅިގެން "ކޮންމެ ކުއްޖަކީ މިސްކިތުގެ އަހުލުވެރިއެއް" ނަމުގައި 1 މަސްދުވަހުގެ ޕްރޮގްރާމެއް ކަމަށް އައޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އެގޮތުން ޕްރޮގްރާމްގެ ތެރޭގައި ޢަމަލީ ގޮތުން ވުޟޫކުރަން ދަސްކޮށް ދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި ހަރަކާތްތަކުގެ އިތުރުން އިސްލާމީ ރިވެތި އަދަބުތައް ކުދިންނަށް ދަސްކޮށް ދޭނެ އެވެ. މިޕްރޮގްރާމްގައި ކުދިންނަށް އުނގަންނަވައި ދެއްވާނީ މީދޫގެ މިސްކިތްތަކުގެ އިމާމުންނާއި ޝައިޚުންނެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ސެންޓަރ ފޮރ ޝަމްސުއްދީން އިސްލާމިކް ލާރނިން ސެންޓަރ ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު