Saturday, October 31
ޑްރަގާއެކު ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ސަނީސައިޑް، އަލީ ޝަރުޖީލު (56) ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައިވަނީ މި އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު