Saturday, October 31
އޭސީސީއަށް އެސްޖީއަކު ހޯދަނީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިޢުލާންކޮށްފިއެވެ.

އޭސީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 20،500ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 15،000ރ. އާއި ފޯނު އެލަވަންސްގެ ގޮތުގައި 1،000ރ. އާއެކު ޖުމުލަ 36،500ރ. ލިބޭނެ ކަމަށެވެ.

މި މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ދައުލަތުގެ، ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއް (އިންޓަރގަވަރންމެންޓަލް ނުވަތަ އެނޫން) ގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ދައުލަތުގެ، ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއް (އިންޓަރގަވަރންމެންޓަލް ނުވަތަ އެނޫން) ގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

މީގެ އިތުރުން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 18 އަހަރު ފުރި، 55 އަހަރު ވެފައިވާ މީހެއްކަމުގައި ނުވުމާއި، އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތްހެދުން އަދި ޚިޔާނާތްފަދަ ބޮޑު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، އޭސީސީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވި ދިޔަ މީހަކު ވަޒީފާގައި ހުރެ ކުރިމަތިލާ މީހާ ހޮވިއްޖެނަމަ އެމީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާނެ ކަމުގެ ލިޔުން އޮތުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކުކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހެއް ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކޮށްފައިވާ މީހެއްނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކުކަމުގައިވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން އަދި ކޮރަޕްޝަނުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، އެފަދަ ތަޙުޤީޤަކުން ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެޕްރީލް 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު