Saturday, October 31
ޑޮލަރު މާރުކުރަން ކަމަށް ބުނެ އެކި ފަހަރު މަތިން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ޢަލީ ޢާޒިމް، ހ. ހަވިއްތަ / މާލެ (43އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ޑޮލަރު މާރުކުރަންކަމަށްބުނެ ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަޙުޤީޤަށް ސުވާލުކުރުމަށް އެޕްރީލް 20 ވަނަ ދުވަހުގެ 13:00 އަށް މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް މި ފަހަކަށް އައިސް އިތުރުވަމުންދާތީ ފުލުހުން ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްވެސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު