ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ ރޭ 10:08 ހާއިރު އެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިންގާފައިވަނީ ނޭޕާލް މީހަކާއި ބަންގްލަދޭޝް މީހެއްގެ މެދުގައި ކަމަށާއި، މާރާމާރީގައި ބަންގްލަދޭޝް މީހާއަށް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ނޭޕާލް މީހާ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން