Saturday, October 31
ހުޅުމާލޭ ކެފޭއަކުން ބަނގުރަލާއި ވޭޕާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ހުޅުމާލޭ ކެފޭއަކުން ބަނގުރަލާއި ވޭޕާއެކު ބިދޭސީންތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިގޮތުން މި މައްސަލައާ ގުޅިގެން ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ އެމްޑީ ރާޖް ރައްޒާކް (29 އަހަރު) އާއި މުހައްމަދު ތަރީގުލް (25 އަހަރު) އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށްބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު