Saturday, October 31
އައްޑޫގެ 18 މިސްކިތެއްގައި ސޯލާ ހަރުކުރުމަށް ބަޔަކާ ހަވާލުކޮށްފި
އައްޑޫ ސިޓީގެ 18 މިސްކިތެއްގައި ސޯލާ ހަރުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ހާމަކުރި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިންގް އޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިގޮތުން އިއްޔެ ވަނީ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ޖުމުލަ އަގަކީ 2،250،261.00ރ. އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު