Saturday, October 31
ހަތަރު ރަށެއްގައި މިމަހު އައިޑީ ކާޑް ދޫކުރަން ފަށާނެ: ޑީއެންއާރު

އޭޕްރީލް މަސް ނިމުމުގެ ކުރިން އިތުރު ހަތަރު ރަށެއްގައި އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށާނެ ކަމަށް ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.

ޑީއެންއާރުން ބުނީ މި މަހު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުން އަންނަނީ މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫގައި ކަމަށެވެ.

ހަތަރު ރަށުގެ ތެރެއިން މ. މުއްޔާއި ށ. ފުނަދޫއަކީ އަތޮޅު ވެރިކަންކުރާ ދެ ރަށެވެ. ށ. މިލަންދޫ އާއި ނ. ވެލިދޫއަކީ އަތޮޅުގެ ނިސްބަތުން އާބާދީ ބޮޑު އެ ހިދުމަތަށް ބޭނުންވެފައިވާ ދެރަށް ކަން ޑީއެންއާރުން ފާހަގަކުރައްވައެވެ.

ސަރުކާރުން މިހާރު ވެސް 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މި މަހު އިތުރުވާ ހަތަރު ރަށާއެކު އެ އަދަދު 19 އަށް އަރާނެވެ.

ނ. މަނަދޫ އާއި ނ. ކެނދިކުޅުދޫން މިހާރުވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް މިހާރު ލިބެއެވެ.

މާޗް މަހު ޑީއެންއާރުން ވަނީ ޅ. އަތޮޅު ކައުންސިލާއި ގދ. އަތޮޅު ކައުންސިލުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފައެވެ. އަދި، އޭގެފަހުން އޭޕްރީލް މަހުގެ ކުރީކޮޅު ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު