ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާގެ މަންމާފުޅު އަވަހާރަވެއްޖެއެވެ.
ނިޔުޝާގެ މަންމާފުޅު، އާމިނަތު ވަޙީދާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ ނަންފުޅުގައާއި އަދި މަޖިލީހުގެ އިދާރާގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އެކަމަނާއަށާއި އެކަމަނާގެ ލޮބުވެތި ޢާއިލާއަށް… pic.twitter.com/3BZk6dLYOB
— People's Majlis (@mvpeoplesmajlis) April 10, 2025
މިގޮތުން މަޖިލީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ނިޔުޝާގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމާ ގުޅިގެން، މަޖިލީހުގެ ރައީސްއާއި މެންބަރުންގެ ނަންފުޅުގައާއި އަދި މަޖިލީހުގެ އިދާރާގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އެކަމަނާއަށާއި އެކަމަނާގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން