Saturday, October 31
އޯގަސްޓް ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ދެވޭނެ: ރައީސް

މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުންނާއި ބައްދަލުކުރައްވައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާއެކު ޕޮޑްކާސްޓް"ގެ ތިންވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރީން މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާއި އެއްގޮތަށް މާލޭގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރެއްވި ކަމަށާއި ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅާއި އެއްގޮތަށް ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރަަށްރަށަށް ދަތުރު ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި ދައުރުގައި ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ. ފުރަތަމަ ދެ އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ނިންމެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ގޮތުން މިހާރު ފަށާފައިވާ ދަތުރުފުޅުގައި އޮގަސްޓް މަސް ނިމުމުގެ ކުރީން ހުރިހާ ރަށަކަށް ދަތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރުގެ ޕްލޭން އަކީ އޮގަސްޓް މަހުގެ ތެރޭ ކޮންމެވެސް ހިސާބަކަށް ހުރިހާ ރަށަކަށް ގޮސް ނިންމަން. އެ ގޮތަށް ބަހާލާފައި މިހާރު ޝެޑިއުލް ވެސް ވާނީ ރާވާފައި" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަހު އެއްވެސް ރަށަކަށް ދަތުރުނުކުރެއްވުނު ނަމަވެސް ކުރިއަށް އޮތް މެއި މަސް ފެށުމާާއެކު އަތޮޅުތަކަށް ދަތުރު ކުރައްވަން ފައްޓަވާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ރަށެއްގެ ގޮތުގައި ވަޑައިގަންނަވާނީ މ. މުއްޔަށް ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނުގެ އެ ދަތުރުފުޅުގައި އެ ރަށުގައި ހަދާފައިވާ އެއާޕޯޓް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު