Saturday, October 31
ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ: ރައީސް

ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ރައީސުލްޖުމުހޫިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުގެ ވައުދެއް ކަަމަށާއި އެކަން ބެލެނިވެރިން ކުރުމުގައި ކޮމިއުނިޓީގެ ބައިވެރިވުން ހިމެނޭކަމަށެވެ.

އެއީ ބެލެނިވެރިން އެމީހުންގެ ދަރިން ކިޔަވާ ސްކޫލް ކަމަށްވާތީ އެކަން ކުރަން އަމިއްލަ އަށްވެސް ބޭނުންވާތީ ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ 3740 ސްކޫލް އޭސީ ކުރުމުގެ މަސައްކަތް މިއަހަރު ކުރުމަށް ނިންމާފައެވެ.

531 ކްލާސް ރޫމް ބިނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށާއި، މަލްޓި ޕާޕަސްހޯލް ޤާއިމް ކުރުމުގެ 46 މަޝްރޫއެއް ކުރިއަށް ދާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓާފްރޫމާއި، ލަިބްރަރީ، ސައިންސް ލެބް ފަދަ އެޑިޔުކޭޝަން ދާއިރާގެ ގިނަ މަޝަރޫއުތަކެއް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި600 އަށްވުރެ ގިނަ އުމުރާނީ ވަސީލަތް ސްކޫލްތަކުގައި ގާއިމްކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު