Monday, November 16
ވެލިދޫ ހޮސްޕިޓަލާއި ރިހެބިލިޓޭޝަން ސެންޓަރާއި ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ސާމާނު ފޮނުވައިފި
ނ. ވެލިދޫ ހޮސްޕިޓަލާއި ރިހެބިލިޓޭޝަން ސެންޓަރާއި ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މި މަސައްކަތްތައް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން އާރުޑީސީން ބުނީ ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށަށް ފޮނުވިފައިވާ ކަމަށެވެ. ވެލިދޫގައި ހޮސްޕިޓަލަކާއި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މީގެ ތެރެއިން ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ޖުމުލަ 108,322,537.03 ރުފިޔާ އަށެެވެ. އެއީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު