Saturday, October 31
ގޮއިދޫ ސިނާއީ ސަރަހައްދުން 15 އަހަރަށް 16 ބިން ކުއްޔަށް ދޫކުރަނީ

ށ. ގޮއިދޫ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ގޮއިދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން އެ ރަށު ސިނާއީ ސަރަހައްދުން ޖުމުލަ 16 ބިމެއް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ ގުދަން އެޅުމަށް 600 އަކަފޫޓުގެ ހަތަރު ބިމަކާއި، ގާ އެޅުމަށް 3،000 އަކަފޫޓުގެ 03 ބިމަކާއި، ވާރކްޝޮޕް ހިންގަން 1،050 އަކަފޫޓުގެ 02 ބިމަކާއި، ވަޑާންގެ ހިންގުމަށް 1،350 އަކަފޫޓުގެ 04 ބިމެއްގެ އިތުރުން ފައިބަރ މަސައްކަތަށް 3،600 އަކަފޫޓުގެ 03 ބިމެކެވެ.

މި ހުރިހާ ބިމެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރުގެ މުއްދަތަކަށެވެ.

ކައުންސިލުން ވަނީ މިކަމަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުން، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 20 އޭޕްރީލް 2025 ގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް މެއިލްކުރުމަށްފަހު ބީލަން ހުށަހެޅުމަށް އެދިފައެވެ. ބިޑް ރަޖިސްޓަރ ނުކުރާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެއްވެން ނޯންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މިގޮތުން އެޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، މަޢުލޫމާތު ސެޝަން އޮންނާނީ އެޕްރީލް 24 ވަނަ ދުވަހުގެ 13:00 ގައެވެ. މިކަމަށް ބީލަން ހުށަހެޅުން އޮންނާނީ އެޕްރީލް 28 ވަނަ ދުވަހުގެ 13:00 ގައި ގޮއިދޫ ކައުންސިލް އިދާރާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު