Saturday, October 31
މިދިޔަ މަހު ވޭޕް ބޭނުންކޮށްގެން 27 މީހަކު ޖޫރިމަނާ ކޮށްފި

މިދިޔަ މާރިޗު މަހުގެ ތެރޭގައި ވޭޕާއި ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 123،000 ރުފިޔާއަށް އަރާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް، ވޭޕް ގެންގުޅުމާއި ބޭނުންކުރުމުގެ ސަބަބުން ޖުމްލަ 27 މީހަކު ވަނީ ޖޫރިމަނާ ކޮށްގައެވެ. މީގެ ތެރެއިން ވޭޕް ބޭނުންކުރުމުގެ ސަބަބުން 82،000 ރުފިޔާ އަދި ވޭޕް ގެންގުޅުމުގެ ސަބަބުން 41،000 ރުފިޔާގެ ޖޫރިމަނާ ކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެބެ

މީގެ އިތުރުން، ވޭޕް، ސިނގިރޭޓް އަދި އެހެނިހެން ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރުމާ ގުޅޭ 6 މައްސަލައެއް ހުށަހެޅިފައިވާކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ޤާނޫނަށް ގެނެވުނު އިސްލާޙަށް ޢަމަލުކުރަން ފެށިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙަށް ރައްޔިތުން ފުރިހަމައަށް ޢަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރެއެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ދެއްކުމަށް މޯބައިލް ފޯނުގެ ޒަރީއާއިން ކުރު މެސެޖަކާއެކު ވާރު ޕޭގެ ޕޭމަންޓް ލިންކެއް ފޮނުވޭނެކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު