ނ. ވެލިދޫ ހޮސްޕިޓަލާއި ރިހެބިލިޓޭޝަން ސެންޓަރާއި ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނީ ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނ.ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/I8yRVZbMOH
— Road Development Corporation Ltd (@rdcmaldives) April 8, 2025
ވެލިދޫގައި ހޮސްޕިޓަލަކާއި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މީގެ ތެރެއިން ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ޖުމުލަ 108,322,537.03 ރުފިޔާ އަށެެވެ. އެއީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މި ލިޔުން ކިޔާލުމުން