މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑަށް މެންބަރަކު ޢައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި އެމްޓީސީސީގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ހުޅުމާލެ، ހިޔާ , 8-01-04 އަލްފާޟިލް ޔާސީން ޙުސައިނެވެ.
މިކަން ހާމަކޮށްފައިވަނީ ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، ހުޅުމާލެ، ހިޔާ , 8-01-04 އަލްފާޟިލް ޔާސީން ޙުސައިން މިއަދު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 8, 2025
ޔާސީން އެމްޓީސީސީގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ޢައްޔަންކުރާ މެންބަރެއްގެ ގޮތުގައެވެ. އެމްޓީސީސީގެ ޗެއަރމަންގެ މަޤާމުގައި މިހާރު ހުންނަވަނީ މުޙައްމަދު ޙުސައިން އަފީފް ކަމަށްވާއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
މި ލިޔުން ކިޔާލުމުން