ދުންފަތް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގިނަ ރައްޔިތުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށްކަން ޚިޔާލު ހޯދުމުގެ ޕޯލުތަކުން ދައްކައިފިއެވެ.
2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ވޯޓު ލިބިފައިވާ ޕަސަންޓް ޕޯލުތަކުން ދައްކާގޮތް؛
- އެކްސްގައި ހުޅުވާލެއްވި ޕޯލަށް 5500 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު %51.1 މީހުން
- ފޭސްބުކްގައި ހުޅުވާލާފައިވާ ޕޯލަށް 5000އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު %72 މީހުން
- އިންސްޓަގްރާމްގައި ހުޅުވާލި ޕޯލްގައި %45 މީހުން
އެގޮތުން އެކްސް އިން %51.1، އެފްބީ އިން %72 އަދި އިންސްޓާ އިން %45 މިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ނުވަތަ އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ވޯޓުލާފައެވެ.
ޖީލުތަކެއް މި ވަބާގެ ތެރެއަށް ގެއްލިގެން ދާ މަންޒަރު ބަލަން ސަރުކާރަކުން ތިބެންވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ހައްލުކުރުމަށް "ޖެނެރޭޝަން ބޭން" އެއް މުހިންމުކަމަށް ފާހަގަކުރައްވައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ސިއްޙީ ވަޒީރަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
https://twitter.com/MMuizzu/status/1907738161641353601?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1907738161641353601%7Ctwgr%5Ee09b60419f2464e2e054b5a8735eb3242f2af339%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F155475
ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރެވިއްޖެނަމަ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންނަށް އެ އާދަ ދޫކޮށްލުމަށާއި، ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ.






