އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވަނީ އެހެން ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އައްޑޫގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ވެސް ހިދުމަތް ދެވޭ ގޮތަށްކަމަށް ވަނީ ވިދާޅުވެފައެވެ. މި ސަރަހައްދު ކުއްޔަށް ދޭނީ ގިނަވެގެން 50 އަހަރުގެ މުއްދަތަކަށެވެ. އެ މަޝްރޫއުގެ ބީލަން ފޮތް ކައުންސިލް އިދާރާ އަދި އީމެއިލް މެދުވެރިކޮށް ވިއްކާނީ މާދަމާއިން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9އިން މެންދުރު 1 އަށްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.Invitation for Bids (the “IFB”) for the Lease, Development, Operation and Management of Supporting Tourist facility in the Savaahili Island in Addu City.https://t.co/vdqkOk6puMhttps://t.co/DcavntVEhB Application Form: https://t.co/oHVjaKHazA pic.twitter.com/tRQKp9kMYU
— Addu City Council (@AdduCityCouncil) April 8, 2025

އައްޑޫ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓު ފެސިލިޓީއެއް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ސަވާހިލި އޮންނަނީ އައްޑޫ ފޭދޫ އާއި މަރަދޫފޭދޫ ދެމެދު ފަޅުތެރޭގައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ސަވާހިލީގައި ޓޫރިސްޓް ފެސިލިޓީއެއް ހިންގަން ނިންމާފައިވަނީ އެރަށުން 858،462 އަކަފޫޓުގެ ބިމަކާއި ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަމަށެވެ.
މި ފެސިލިޓީގައި މަދުވެގެން 10 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތަކާއި، މޫދުކުޅިވަރުގެ ޚިދުމަތް ލިބެން ހުންނަންޖެހެއެވެ.
މީގެއިތުރުން ސްޕާ، ވެލްނަސް ސެންޓަރ، ސުވިމިން ޕޫލާއި ފަތުރުވެރިންނަށް ހިދުމަތް ދެވޭ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރަން ޖެހެއެވެ.
މި ލިޔުން ކިޔާލުމުން





