Saturday, October 31
މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލަތަކެއްގައި ދެ މީހަކު ހޯދަނީ

މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލަތަކެއްގައި ދެ މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން މި މައްސަލަތަކުގައި ފުލުހުން ހޯދަމުންދަނީ މުޙައްމަދު ޙައްސާން، ކަނީރުވިލާ / ލ. މާބައިދޫ (31އ) އާއި އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް، ދަފްތަރު ނަންބަރު ރސ 5624 / މާލެ (30އ) އެވެ.

ފުލުހުން ބުނީ މި ދެ މީހުންވެސް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯތަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

މިގޮތުން މި މައްސަލަތަކާ ގުޅިގެން މުޙައްމަދު ޙައްސާން، 2025 އޭޕްރީލް 9 ވަނަ ދުވަހުގެ 10:30 އަށް އަދި ހަމަ އެ ދުވަހުގެ 13:00 އަށް އަޙްމަދު ޝައިރަފް، ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވަނީ މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު