Saturday, October 31
މާޅޮސް އަދި ފެންފުށީ ސްކޫލްގެ ނުނިމި ހުރި މަސައްކަތްތައް އާރުޑީސީއާ ހަވާލުކޮށްފި
ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ހއ. މާޅޮސް އަދި ހދ. ފެންފުށި ސުކޫލްގެ މަސައްކަތް ނިންމުމަށް ތަޢުލީމީ ވުޒާރާއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތަޢުލީމީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. މީގެ އިތުރުން 16 ސްކޫލެއްގެ ނުނިމި ހުރި މަސައްކަތް ތަޢުލީމީ ވުޒާރާއިން ވަނީ އެމްޓީސީސީ އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު