Saturday, October 31
ގައްދޫގައި އައިޑީ ކާޑު ގެ ޚިދުމަތް ފަށައިފި
ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ މި ޚިދުމަތް ދޭ15 ވަނަ އަތޮޅު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖީސްޓްރީން މައުލޫމާުދެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި މި ސިޔާސަތުގެ ތެރެއިން އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތަކުގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ. ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންސް، ޑީއެންއާރުއިން ވިދާޅުވީ އައިޑީ ކާޑުގެ ޚިދުމަތް ގައްދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްވާނެ ކަމަށެވެ. ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު، އެ އަތޮޅުގައި ވެރިކަންކުރާ ގދ. ތިނަދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. އެގޮތުން އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތްކުރާނެއެވެ. ގައްދޫއަކީ ގދ އަތޮޅުގެ ވެރިކަންކުރާ ރަށް ފިޔަވައި މި ޚިދުމަތް ޤާއިމުކުރި ފުރަތަމަ ރަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު