Saturday, October 31
އައްޑޫސިޓީގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އައްޑޫސިޓީގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 40 ބިމެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ބިންތައް ދޫކުރަނީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫގެ ޓޫރިޒަމް ޒޯންތަކުންނެވެ. މި ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވާލާފައިވެއެވެ.

އަވަށްތަކުން ދޫކުރާ ބިންތަކުގެ ތަފްސީލު

  • ހިތަދޫ ޓޫރިޒަމް ޒޯނުން ޖުމްލަ 13 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކަށް ދޫކުރާ އަށް ބިމާއި ސިޓީ ހޮޓާ ހެދުމަށް ދޫކުރާ ތިން ބިމެވެ.
  • ފޭދޫ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް ހެދުމަށް ތިން ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
  • ހުޅުދޫން ޖުމްލަ 15 ބިން ދޫކުރާއިރު، މީގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްއަށް 13 ބިމާއި ސިޓީ ހޮޓާ ހެދުމަށް ދެ ބިމެވެ.
  • މީދޫން ދޫކުރާ ނުވަ ބިމުގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސް ހެދުމަށް 8ބިމާއި ސިޓީ ހޮޓާ ހެދުމަށް އެއް ބިމެވެ.

މި ބިންތަކަށް އެންމެ ފުރަތަމަ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މި ބިންތަކަށް ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. އާބާދީ ބޮޑު އައްޑޫގެ ހަތަރު އަވަށުގެ ޓޫރިޒަމް ޒޯންތަކުގައި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ތަރައްގީ ކުރުމަށް މި ބިންތައް ދޫކުރެވޭނީ 50 އަހަރުގެ މުއްދަތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު