Saturday, October 31
މަޖީދީ މަގުގެ ކާނުތައް ސާފުކޮށް ނިންމާލައިފި
މާލޭގެ މަގުަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޖީދީ މަގުގެ ކާނުތައް ސާފުކުރަން ފެށި މަސައްކަތުގައި މަޖީދީމަގުގެ ދެފަރާތުގެ ކާނުތައް ސާފުކޮށް ނިންމާލައިފިއެވެ. ސިޓީސް  ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް މިނިސްޓްރީން މިއަދު ބުނީ މަޖީދީ މަގުގެދެ ފަރާތުގައި ހުރި ކާނުތައް ސާފުކޮށް ނިންމާފައިވާކަމަށެވެ. ''މާލޭގެ ކާނުތައް ސާފުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުން، މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލައިފި'' މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މިއީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން މިއަދުގެ ގެ ނިޔަލަށް ނިމިފައިވާ މަސައްކަތެކެވެ. މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުންވެސް ދަނީ މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު